ރާއްޖޭން ބޭރަށް ދަތުރުކުރާ އުޅަނދުފަހަރާއި އަދި ބެއަރ ބޯޓްގެ ގޮތުގައި މިއޮތޯރިޓީގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުފަހަރު ސަރވޭއަށް އެދި ހުށަހެޅުމާބެހޭ
31-03-2013

ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ދުއްވާ ރާއްޖެއިން ބޭރަށް ދަތުރުކުރާ އުޅަނދުފަހަރާއި ބެއަރ ބޯޓްގެ ގޮތުގައި މިއޮތޯރިޓީގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުފަހަރު ސާރވޭކުރުމަށްޓަކައި މިއޮތޯރިޓީއަށް ހުށަހަޅުއްވާއިރު ސާރވޭއަށްއެދި ހުށަހަޅުއްވާ MS-2 ފޯމްއާއިއެކު އެއުޅަނދަށް އަހަރީފީ ދައްކާފައިވާކަން އެގޭނެ ލިޔުމެއް ހުށަހަޅަންޖެހޭގޮތަށް ހަމަޖައްސައިފީމެވެ.

ވީމާ، މިއުޅަނދުފަހަރު ސާރވޭއަށްއެދި ހުށަހަޅުއްވާއިރު މަތީގައި ދެންނެވުނުގޮތަށް އަމަލުކުރައްވަމުން ގެންދެވުމަށް ދެންނެވީމެވެ.


މި ލިޔުމާއިގުޅޭ ފައިލް ޑައުންލޯޑް ކުރެއްވުމަށް ތިރީގައިވާ ލިންކަށް ފިއްތާލައްވާ